ޓެރަރިޒަމަށް މަގުފަހި ވާކަމަށްބުނެ އިޓަލީގެ ބައެއް މިސްކިތްތައް ބަންދުކުރަން ނިންމައިފި

ޓެރަރިޒަމަށް މަގުފަހިވާކަމަށްބުނެ އިޓަލީގެ ބައެއް މިސްކިތްތައް ބަންދުކުރަން ނިންމާފައި ވާކަމަށް އެ ގައުމުން ހާމަކޮށްފި އެވެ. އިންޓީރިއާ މިނިސްޓަރ އެންޖެލީނޯ ބުނެފައިވަނީ  އެމިސްކިތްތައް ބަންދުކުރަނީ އ...

30 Nov 2015 | 06:52

ޓެރަރިޒަމަށް މަގުފަހިވާކަމަށްބުނެ އިޓަލީގެ ބައެއް މިސްކިތްތައް ބަންދުކުރަން ނިންމާފައި ވާކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.

އިންޓީރިއާ މިނިސްޓަރ އެންޖެލީނޯ ބުނެފައިވަނީ  އެމިސްކިތްތައް ބަންދުކުރަނީ އެއްވެސް ހާލެއެއްގައި އިސްލާމްދީނަށް ޖެއްސުމެއް ކުރުމަށް ނޫންކަމުގަޔާއި ދީނީ އަޅުކަންތައް ގަވާއިދާއި އެއްގޮތައް ހަދާފައިވާ ތަންތަނުގައި ކުރުމަށް ބާރުއެޅުމުގެވެސް ގޮތުންކަމުގައެވެ. އިޓަލީން ހާމަކުރާ ގޮތުގައި ބަންދު ކުރަން ނިންމީ ގަވާއިދާ ހިލާފަށް ހަދާފައި ކަމަށްބުނާ ބައެއް މިސްކިތްތަކެވެ.

އިޓަލީގައި ގަވާއިދާއި ހިލާފަށް ގިނަ މިސްކިތްތަކެއް ހަދާފައިވަނީ އެގައުމުގައި ހުއްދަލިބިގެން ހަދާފައިވާ މިސްކިތްތައް މަދުވެފައި މިސްކިތްތައް އަޅަން އޮންނަ އުސޫލު ބުރަވުމުގެ ސަބަބުން ކަމަށް މުރާސިލުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް