ޔޫޕީއާރް ސްޓޭކް ހޯލްޑަރސް ފޯރަމް ފަށައިފި

ޔޫޕީއާރް ސްޓޭކް ހޯލްޑަރސް ފޯރަމް މިއަދު ފަށައިފިއެވެ. މިއީ ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އޮތް ގޮތް ބެލުމަށް ޤާއިމްކޮށްފައިވާ މެކޭނިޒަމެއް ކަމަށްވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު( ޔޫޕީއާރް) ...

30 Nov 2015 | 05:53

ޔޫޕީއާރް ސްޓޭކް ހޯލްޑަރސް ފޯރަމް މިއަދު ފަށައިފިއެވެ.

މިއީ ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އޮތް ގޮތް ބެލުމަށް ޤާއިމްކޮށްފައިވާ މެކޭނިޒަމެއް ކަމަށްވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު( ޔޫޕީއާރް) އިން ރާއްޖެއަށް އިރުޝާދު ދީފައިވާ އިންސާނީ ހައްޤުތަކުގެ ދާއިރާއިން ރަނގަޅު ކުރަން ހުށަހަޅާފައިވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކާ އެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބާއްވާ ފޯރަެކެވެ.

ސްޓެލްކޯ މާލަމްގައި މިއަދު ހެނދުނު ފެށި މިފޯރަމުގައި ދައުލަތުގެ ތިން ބާރުގެ ފަރާތުންވެސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެޗްއާރްސީއެމް އިންބުނީ ޔޫޕީއާރްގެ އެންމެ ފަހުގެ ސައިކަލް މިއަހަރު ނިމޭ އިރު، ރާއްޖެއަށް 258 ރެކޮމެންޑޭޝަން ލިބިފައިވާ ކަމަށެވެ.

މިފޯރަމް ބޭއްވުމުގެ ބޭނުމަކީ ބޭނުމަކީ ޔޫޕީއާރް ރިކޮމެންޑޭޝަންތަކަކީ ކޮބައިކަން ދައުލަތުގެ މުއައްސަސާތަކަށް އަންގައިދީ އެކަންތައްތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް