ރިލްވާންގެ އެކައުންޓްތަކުން އޮންލައިންވީ އާއިލާއިން

ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ފޭސްބުކާއި ވައިބާ ބޭނުން ކުރީ އާއިލާއިން ކަމަށް ބުނެފި އެވެ. ރިލްވާންގެ ޢާއިލާއިން ނެރުނު ނުސްބަޔާނެއްގައި ބުނެފައިވަނީ ރިލްވާންގެ ...

30 Nov 2014 | 12:00

ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ފޭސްބުކާއި ވައިބާ ބޭނުން ކުރީ އާއިލާއިން ކަމަށް ބުނެފި އެވެ.

ރިލްވާންގެ ޢާއިލާއިން ނެރުނު ނުސްބަޔާނެއްގައި ބުނެފައިވަނީ ރިލްވާންގެ އުރީދޫ ނަންބަރު ބޭނުންނުކޮށް އޮވެ މުއްދަތު ހަމަވެގެން އެ ނަންބަރު އަލުން ވިއްކަން ނެރުމާ އެކު އާއިލާ އިން އެ ނަންބަރު ހޯދި ކަމަށެވެ. އާއިލާ އިން ބުނި ގޮތުގައި އުރީދޫ ނަންބަރު ހޯދައިގެން ރިލްވާންގެ އެކައުންޓްތައް ބަލަން މަސައްކަތްކުރީ "އޭނާ ގެއްލުމާ ގުޅުން ހުރި ހެއްކެއް ފެނޭތޯ ބެލުމަށެ"ކަމަށެވެ. އަދި އާއިލާ އިން އެގޮތަށް ބަލަން އުޅޭކަން ފުލުހުންނަށް ވެސް އަންގާފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ރިލްވާންގެ ފޭސްބުކާއި ވައިބާ އެކައުންޓް މިފަހުން އެކްޓިވޭޓްވުމުން މީޑިއާ އާއި އާންމުންގެ ސަމާލުކަމަށް އެކަން ވަނީ އައިސްފަ އެވެ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑު ކިޔުންތައް  ފުލުހުންނަށް އަމަޒުވެފައި ވެއެވެ.

މިދިޔަ ބުދަ ދުވަހު އޭނާގެ ފޭސްބުކް އެކައުންޓް ދިހަ ވަރަކަށް މިނެޓް އޮންލައިންކޮށް ހުއްޓެވެ. އަދި ވައިބާ ވެސް އިއްޔެ ދެ ފަހަރެއްގެ މަތިން އޮންލައިން ވެފައި ހުއްޓާ ފެނުނެވެ.

ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލް އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް