ތިނަދޫގައި ހުޅުޖެހި މައްސަލަ ކްރިމިނަލް ކޯޓުން ފޮނުވާލި ފޮނުވާލުން ހައިކޯޓުން ބާތިލް ކޮށްފި

ގދ. ތިނަދޫގައި ހުޅުޖެހިމައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލި ފޮނުވާލުން ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ. މިއަދު ހައިކޯޓުން ކުރި ހުކުމްގައި ބުނފައިވަނީ ކޯޓުތަކަށް ހުށަހެޅިފައިވާ ޖިނާއީ މައްސަ...

30 Nov 2014 | 10:28

ގދ. ތިނަދޫގައި ހުޅުޖެހިމައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލި ފޮނުވާލުން ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މިއަދު ހައިކޯޓުން ކުރި ހުކުމްގައި ބުނފައިވަނީ ކޯޓުތަކަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލަތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެހެނިހެން ކަންތައްތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށާއި އަދި އެފަދަ ކަންތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ނުދީ ޖިނާއީ މައްސަލަތައް އަނބުރާ ފޮނުވާ ނުލެވޭނެ ކަމަށެވެ.

ސިލްސިލާ އަޑުއެހުންތަކެއްގެ ގޮތަށް ތިނަދޫ މައްސަލަ ތާވަލްކޮށްފައިވާއިރު، ކުރިން ތާވަލްކޮށްފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއް ގެންނަންވާނީ ޕީޖީ އޮފީހާއެކު މަޝްވަރާކުރުމަށްފަހު ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ހައިކޯޓުގެ ހުކުމްގައި އިތުރަށް ބުނެފައިވަނީ ބަންދު ދުވަހެއްގައި މައްސަލަ ތާވަލްކުރުމުން އެދުވަހު ވަކީލަކު ހަމަޖެއްސެން ނެތް ކަމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އެންގުމަކީ އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް އެ އޮފީހުން އެއްބާރުލުން ނުދިނުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އިދާރީގޮތުން ހަމަޖައްސަން ޖެހޭ ކަމެއް ހަމަނުޖެހި އަދި ހަމަޖައްސަން ވަގުތު ނުދީ މައްސަލަ އަނބުރާ ފޮނުވާލެވޭނެ ކަމަށް ބަޔާންކުރާ އެއްވެސް ގާނޫނެއް ގަވާއިދެއް ނެތް ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް