އިނގެރޭސި ޕްރިމިއަރލީގު: ވެލްބެކްގެ ގޯލުން އަރސެނަލް މޮޅުވެއްޖެ

އިނގެރޭސި ޕްރިމިއަރލީގުގައި ރޭ ކުޅުނު މެޗުގައި ވެލްބެކްގެ ގޯލުން އަރސެނަލްއިން ވެސްޓް ބްރޮމްގެ މައްޗަށް ކުރިހޯދައިފިއެވެ. ރަށުން ބޭރުގައި އަރސެނަލް ކުޅުނު މެޗަށް ނިކުމެފައިވަނީ ގިނަ ގޮންޖެހުންތަކަކާއި...

30 Nov 2014 | 06:21

އިނގެރޭސި ޕްރިމިއަރލީގުގައި ރޭ ކުޅުނު މެޗުގައި ވެލްބެކްގެ ގޯލުން އަރސެނަލްއިން ވެސްޓް ބްރޮމްގެ މައްޗަށް ކުރިހޯދައިފިއެވެ.

ރަށުން ބޭރުގައި އަރސެނަލް ކުޅުނު މެޗަށް ނިކުމެފައިވަނީ ގިނަ ގޮންޖެހުންތަކަކާއި އެކުގައެވެ. އެގޮތުން މި ސީޒަނަކީ ވޭތުވެދިޔަ 32 އަހަރުގެ ތެރޭގައި އަރސެނަލްއަށް ލީގުގެ 12 މެޗަށްފަހު އެންމެ މަދުން ޕޮއިންޓް ލިބުނު ސީޒަނެވެ. އަރސެނަލްއިން ވެސްޓް ބްރޮމްގެ މައްޗަށް ކުރިހޯދާފައިިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި މޮޅަށް ކުޅެ ގިނަވަގުތު ބޯޅަ ހިފަހައްޓާފައިވާ އަރސެނަލްގެ ހަމައެކަނި ގޯލް މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކެވެ. މިއީ ވެލްބެކް އަރސެނަލްއަށް ކާމިޔާބުކޮށްދިން 6 ވަނަ ގޯލައެވެ.

ވޭތުވެދިޔަ ހަފްތާގައި ޑޯރޓުމަންޑް ބަލިކޮށް ޗެމްޕިއަންސްލީގުގެ ނޮކްއައުޓް ސްޓޭޖަށް އަރސެނަލް ކޮލިފައިވީނަމަވެސް އަރސެން ވެންގަރއަށްވަނީ ސްޕޯޓަރުންގެ ފާޑުކިޔުންތަށް އަމާޒުވެފައެވެ. އެގޮތުން ރޭގެ މެޗުުގައި ވެންގާ ކޯޗުކަމުން ދުރުކުރުމަށް ގޮވާ ބެނާއެއްވަނީ އަރސެނަލްގެ ސަޕޯޓަރުންގެ ތެރެއިން ފެނިފައެވެ.

މިކަމާއި ގުޅިގެން ވެންގަރ ބުނެފަިއިވަނީ މިފަދަ ކަންކަމާއި ގުޅޭގޮތުން އެއްޗެކޭ ބުނަން ބޭނުންނުވާކަކަށެވެ. " އަހަރެން އަބަދުވެސް މަސައްކަތްކުރަނީ އަހަރެން ލޯބިވާ ކުލަބަށް ( އަރސެނަލްއަށް) ކާމިޔާބު ހޯދާދިނުމަށް، އަހަރުމެން މެނޭޖްމަންޓް މިތިބީ އެކަތިގަނޑެއްގެ ގޮތުގައި." ވެންގާ ބުންޏެވެ.

މެޗުން މޮޅުވިނަމަވެސް އަރސެނަލްއޮތީ ލީގު ތާވަލުގެ 6 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް