ފުލުހުން ކުރާ ހަމައެކަނި މަސައްކަތަކީ ކުށްކުރާ މީހުން ހޯދުމެއް ނޫން: ސީޕީ

ފުލުހުން ކުރާ ހަމައެކަނި މަސައްކަތަކީ ކުށްކުރާ މީހުން ހޯދައި ކުށުގެ އަމަލުތައް ހުއްޓުވުން ނޫންކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ. ދ. ވާނީގައި ކުރިއަށްދިޔަ 7 ވަނަ ބްލޫސް ފޮރ ...

29 Nov 2014 | 20:07

ފުލުހުން ކުރާ ހަމައެކަނި މަސައްކަތަކީ ކުށްކުރާ މީހުން ހޯދައި ކުށުގެ އަމަލުތައް ހުއްޓުވުން ނޫންކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ދ. ވާނީގައި ކުރިއަށްދިޔަ 7 ވަނަ ބްލޫސް ފޮރ ޔޫތު ކޭމްޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕޕީ ހުސައިން ވަހީދު ވިދާޅުވީ ކުށްކުރާ މީހުން ހޯދައި އެ އަމަލުތައް ހުއްޓުވުމުގެ އިތުރުން ފުލުހުންނަކީ ޒުވާނުން ބިނާކޮށް ބާރުވެރިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ބައެއްކަމަށެވެ. ސީޕީ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ކުށްމަދު އަމާން މުޖުތަމައުއެއް ގާއިމްކުރުމަށް ފުލުހުން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ކުށްމަދު އަމާން ވެށްޓެއް ޤާއިމްކުރުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ފުލުހުންނަށް ބޭނުންވާކަމަށެވެ. އަދި ރައްޔިތުންނާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގަމުންދާއިރު އެއްބަޔަކު ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ ރަށުތެރެ ހަލަބޮލިކޮށްލަންކަމަށާއި މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް އެއްވުމަށް އެކި ފަރާތްތަކުން އެދެމުންދާކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

"ފުލުހުން ކުރާ ހަމައެކަނި މަސައްކަތަކީ ކުށްކުރާ މީހުން ހޯދައި ކުށުގެ ޢަމަލުތައް ހުއްޓުވުމެއް ނޫން. ފުލުހުންނަކީ ޒުވާނުން ބިނާކޮށް ބާރުވެރިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ބައެއް،" ސީޕީ ވިދާޅުވި އެވެ.

ރަށުތެރެ ހަލަބޮލިކޮށް މަގުމަތީގައި އޮންނަ އުސޫލްތަކާއި އޮންނަ ހުދޫދުތަކުގެ ބޭރުން ކަންކަންކޮށް، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަންކަން ކުރުމަށް އެއްވެސް ފަރާތަކަށް ފުލުހުން ފުރުސަތު ނުދެއްވާނެކަމަށާއި މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް