ރާއްޖޭގެ އެތެރޭގެ އުފުހުންތަކަށް ހާއްސަ މަންތާ އެއަރގެ ތިން ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ.
މަންތާ އެއަރގެ ތިން ވަނަ ސީޕްލޭން ރާއްޖެ ގެނެސްފައި ވަނީ އިއްޔެ އެވެ. މިމަހުގެ ކުރީކޮޅު ވެސް މަންތާ އެއަރ އިން ވަނީ ދެ ސީޕްލޭން ގެނެސްފައެވެ.
މަންތާ އެއަރ އިން ބުނިގޮތުގައި، ސީ ޕްލޭންތައް ރާއްޖެ ގެންނަމުން މިދަނީ އަންނަމަހު ސީޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްކަމަށް ކަމަށެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު ހަތަރުވަނަސީ ޕްލޭން ރާއްޖެ ގެންނާނެ ކަމަށް ވެސް އެ އެއަރ އިން ވަނީ ބުނެފައެވެ.
މަންތާ އެއަރ އިން އިތުރަށް ބުނީ، ޖުމްލަ 10 ސީޕްލޭން މަންތާ އެއާގެ ސީޕްލޭން ފްލީޓްގައި ހިމެނޭނެ ކަމަށާއި، ސީޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމުގައެވެ.
ރާއްޖޭގެ އުދުހުންތަކަށް ޚާއްސަ މަންތާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. މަންތާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަ ތިން ވަނަ އެއަރލައިންއަށްވީއިރު، މިއެއަރލައިން އިން މި ވަގުތު އުދުހެނީ ބ.ދަރަވަންދު އަށާއި ދ.ކުޑަހުވަދޫ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް