ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ ސޮއި ކުރި ހިސާބުން އެގޮތް މިގޮތުން ގޮސް ރައީސް ޔާމީނަށް ބިރު ބޮޑުވެ ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ގޮނޑިވެސް އަނބުރާ ލިބި 12 ބޮކި މިއަދު ދިލިއްޖެއެވެ.
އެ 12 މެމްބަރުންނަކީ 12 ބޮކީގެ ގޮތުގައި ސިފަކުރައްވަނީ ހުދު އެ މެމްބަރުންނެވެ.
ގޮނޑި ގެއްލުނު 12 މެމްބަރުންނަށް ގޮނޑި އަބުރާ ލިބިފައިމިވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމް ތަކުންނެވެ. އެގޮތުން އެންމެ ފަހުން ގޮނޑި ނުގެއްލޭކަމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެއެވެ.
އޭގެ ކުރިން މިއަދުވެސް ތިން މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ނިންމައި ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ. އަދި އިއްޔެވެސް ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ނިންމައި ހުކުމް ކޮށްފައިވެއެވެ. އަދި އޭގެ ކުރިންވެސް ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ނިންމައި ހުކުމް ކޮށްފައިވެއެވެ.
އެ 12 މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މައްޗަށްގޮޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.
މި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމައި ހުކުމް ކޮށްފައިވާއިރު އެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލީ ރައީސް ޔާމީން ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް