މިހާރު ކުރަމުން މިދާ ވިއްސާރައިގާ ކާފު އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ކާފު އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށެވެ.
އެގޮތުން ހެނދުނު 07:45ގައި ނެރެފައިވާ އެ ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 08:00 އާއި ހެނދުނު 11:00 އާއި ދެމެދުގެ ވަގުތުތަކުގައި ކާފު އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މިހާރު ކުރަމުން މިދާ ވިއްސާރައިގާ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް