ހޮނު އަޅައި ދިރާގުގެ ހިދުމަތް މެދު ކެނޑިއްޖެ

ރޭ ފަތިހު ކުރި ވިއްސާރައިގައި ވިދާ ގުގުރުމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ހުރި ދިރާގުގެ އިކުއިޕްމެންޓްސްތަކަށް ހޮނުއަޅައި ގިނަ ހިދުމަތްތަކެއް މެދުކެނޑިއްޖެ އެވެ. ދިރާގުގެ މާކެޓިން އެންޑް ސޭލްސް މ...

30 Oct 2014 | 10:07

ރޭ ފަތިހު ކުރި ވިއްސާރައިގައި ވިދާ ގުގުރުމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ހުރި ދިރާގުގެ އިކުއިޕްމެންޓްސްތަކަށް ހޮނުއަޅައި ގިނަ ހިދުމަތްތަކެއް މެދުކެނޑިއްޖެ އެވެ.

ދިރާގުގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިބްރާހީމް އިމްޖާދު ޖަލީލު ދުވަހަށް ވިދާޅުވީ ހޮނު އެޅުމުގެ ސަބަބުން އެ ކުންފުނިންދޭ އިންޓަނެޓްގެ ޚިދުމަތާއި މޮބައިލް ފޯނުގެ ހިދުމަތުގެ އިތުރުން އެސްއެމްއެސްގެ ހިދުމަތް މެދު ކެންޑުނު ކަމަށެވެ. އެހެން ނަމަވެސް މިއަދު ހެނދުނު 07:30 ން ފެށިގެން މޮބައިލް ޚިދުމަތް ދޭން ފެށިފައިވާއިރު އަދިވެސް އެސްއެމްއެސްގެ ހިދުމަތުގައި މައްސަލަ އުޅޭނެ ކަމަށެވެ. އަދި އިންޓަނެޓް ހިދުމަތުގެ 99 އިންސައްތަ މައްސަލަ މިހާރު ހައްލު ކުރެވިފައިވާކަމަށެވެ.

ހޮނު އެޅުމުގެ ސަބަބުން ގެއްލުން ލިބުނީ ކޮންތާކު ހުރި އެ ކުންފުނީގެ އިކުއިޕްމެންޓްތަކަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. ދިރާގުގެ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައި އެވެ.

"އަޅުގަނޑުމެން މިދަނީ ވީހާވެސް އަވަހަށް މެދުކެނޑު ހިދުމަތްތައް އަލުން ފުރިހަމަކަމާއި އެކު ދޭން ފަށަން މަސައްކަތް ކުރަމުން. އެގޮތުން މިހާރު މޯބައިލް ފޯނުގެ ހިދުމަތް ބަރާބަރަށް ލިބޭނެ. އިންޓަނެޓްވެސް ކުޑަ އުނދަގުލެއް އުޅޭނި. އެސްއެމްއެސްގެ ހިދުމަތުގައި މައްސަލަ އުޅޭނި. މި ދިމާވި މައްސަލައަށްޓަކައި، ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގުގެ އިތުރުން ރޭ ހޮނު ގުގުރުމުގެ ސަބަބުން ޓީވީއެމްގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައި އެވެ. ރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ވަނީ ވަރަށް ބޮޑަށޤ ފެން ބޮޑުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް