ރާއްޖޭގައި ސީ ޕްލޭން އޮޕަރޭޓުކުރާގޮތް ދަސްކުރަން އިންޑިއާގެ ވަފުދެއް އަންނަނީ

ރާއްޖޭގައި ސީ ޕްލޭން އޮޕަރޭޓްކުރާގޮތް ދަސްކުރުމަށް އިންޑިއާގެ ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ ދަ ހި...

30 Sep 2025 | 15:43
މޯލްޑިވިއަންގެ ސީޕްލޭނެއް -

މޯލްޑިވިއަންގެ ސީޕްލޭނެއް -

ރާއްޖޭގައި ސީ ޕްލޭން އޮޕަރޭޓްކުރާގޮތް ދަސްކުރުމަށް

އިންޑިއާގެ ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާ މީޑިއާއިން

ރިޕޯޓުކޮށްފިއެވެ.

އެގޮތުން އިންޑިއާ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ

ދަ ހިންދޫ ނޫހުގެ ބިޒްނަސް ލައިންގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ވަފުދުގެ

ދަތުރުގައި ރާއްޖެއިން ސީ ޕްލޭން އޮޕަރޭޓް ކުރުމުގައި ގެންގުޅޭ މޮޑެލާއި އެކަމަށް

ރާއްޖެއިން ފައްކާކޮށްފައިވާ އީކޯ ސިސްޓަމް ދަސްކުރާނެއެވެ.

ރާއްޖެ އަންނަ ވަފުދުގައި އިންޑިއާގެ ސިވިލް އެވިއޭޝަން

އޮތޯރިޓީގެ އޮފިޝަލުންވެސް ހިމެނޭކަން ހާމަކޮށް ބުނެފައިވަނީ އެ ދަތުރަކީ އެ

ޤައުމުގައި ސަރުކާރުން މުޅި ޤައުމަށް ވައިގެމަގުން ކަނެކްޓިވިޓީ ފުޅާކުރުމަށް އެކުލަވާލާފައިވާ

ޕްލޭން "އުޅާން 5.5" ގެ ދަށުން ކުރިއަށްގެންދާ ދަތުރެއް ކަމަށެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު

ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ޤައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް