ކެމިކަލާއި ސިމް ކާޑުތަކާއެކު ބަންގްލަދޭޝްއަށް މިސްރާބު ޖެހި ބޯޓެއް، އެއްޗެހި އޯޑަރު ކުރި ފަރާތެއް ނެތް!؟

29 Nov 2026 | 14:23
ކެމިކަލާއި ސިމް ކާޑުތަކާއެކު ބަންގްލަދޭޝްއަށް މިސްރާބު ޖެހި ބޯޓެއް، އެއްޗެހި އޯޑަރު ކުރި ފަރާތެއް ނެތް!؟

ރޮކެޓް ފިއުލް އުފެއްދުމަށް ބޭނުންކުރާ ސޯޑިއަމް ޕާކްލޮރޭޓްގެ 405 ޓަނާއި، ރަޖިސްޓަރ ނުކުރާ އެތައް މިލިއަން ސިމް ހިމެނޭ 54 ޕެލެޓާއި، އަދިވެސް އެހެނިހެން ބައެއް ކާގޯއާއެކު ބަންގްލަދޭޝްއަށް ދަތުރުކުރި ބޯޓެއް އިންޑޮނީޝިއާއިން ހިފަހައްޓައިފިއެވެ.

ޗައިނާގެ ލިއާންޔުންގާގް ޕޯޓުން ފުރައިގެން، ބަންގްލަދޭޝްގެ މޮންގްލާ ބަނދަރަށް ދަތުރުކުރި މި ބޯޓު، ބަންގްލަދޭޝްއަށް އަންނަ ކަމެއް، ބަންގްލަދޭޝްގެ ކަމާ ބެހޭ އިދާރާތަކަށް އެނގިފައެއް ނެތެވެ. ބޯޓު ހިފެހެއްޓީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު، އުޅަނދުގެ ހަރަކާތްތައް ހުރި ގޮތުން ޝައްކުވެގެން، އުތުރު ސުމަޓްރާގެ އައްސޭރިފަށާ ކައިރިން، އިންޑޮނީޝިއާ ކަނޑުގެ ސިފައިންނެވެ.

Advertisement

ބޯޓާއި މުއާމަލާތުކުރަން އުޅެއުޅެ ބޯޓުން އިޖާބަ ނުދިނުމުން ބޯޓު ހިފަހައްޓައި، ބެލަވާން ނޭވަލް ބޭސްއަށް ގެންގޮސް، ބޯޓުގައު ހުރި 36 ކޮންޓެއިނަރ ހުޅުވައި ބެލިއިރު، އޭގައި އެތައް މިލިއަން ސިމް ކާޑަކާއި، މިސައިލް އުދުއްސުމަށް ބޭނުންވާ ރޮކެޓް ފިއުލް އުފެއްދުމަށް ބޭނުންކުރާ ސޯޑިއަމް ޕާކްލޮރެޓް ފެނުނެވެ.

އޭގައި ހުރި ކެމިކަލުން 100އެއްހާ މިސައިލްއަށް ބޭނުންވާ ރޮކެޓް ފިއުލް އުފެއްދޭނެކަމަށް ބެލެވެއެވެ.

އެމް.ވީ ސްޓަރ ލައިން ކިޔާ މި އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާއިރު، އޭގައި ހުރި ޑޮކިއުމެންޓްތައް ހުރީ ފޯޖްކޮށްފައިކަމަށް އިންޑޮނީޝިއާއިން ބުނެއެވެ.

މިތަކެތި އޯޑަރުކުރި ފަރާތެއް އެނގެން ނެތުމާއެކު، އިންޑޮނީޝިއާގެ ސަލާމަތީ ޚިދުމަތްތައް ގުޅިގެން ބޮޑު ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް