އިމިގްރޭޝަން އޮފިސަރަކު އެއާޕޯޓު އިމިގްރޭޝަން ކައުންޓަރުގައި -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ޑީޕޯޓު ކޮށްލި ބިދޭސީއަކު އެތެރެކުރި އިމިގްރޭޗަން އޮފިސަރަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ވަނީ އެފަދަ މައްސަލައެއް ހުށަހެޅި އެ އޮފިސަރު ހައްޔަރު ކުރިކަން ކަށަވަރުކޮށްދީފައި އެވެ. އިތުރު ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އިމިގްރޭޝަންގެ މީޑީއާ އޮފިޝަލް މީޑީއާގައި ވިދާޅުވީ އިމިގްރޭޝަން ގާނޫނާ ހިލާފު އަމަލެއް ހިންގާފައިވާތީ، އެ އިދާރާގެ އޮފިސަރެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ ފުލުހުން ބަލަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގިރްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ބައެއް އޮފިސަރުން ގަވައިދާ ހިލާފަށް ބިދޭސީން އަތުން ރިޝްވަރު ނަގާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް