ޗައިނާގެ އަސްކަރީ ތަމްރީންތަކެއް --
ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ހެދުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތް އިތުރުވެފައިވަނިކޮށް، ޓައިވާނެ ހިފާނެ ގޮތުގެ އާ ތަމްރީނުތަކެއްކަމަށް ބެލެވޭ ތަމްރީނުތަކެއް ޗައިނާއިން ކުރިއަށްގެންގޮސްފިއެވެ.
ސެޓެލައިޓް ފޮޓޯތަކާ ހަވާލާ ރޮއިޓަރސްއިން ބުނާ ގޮތުގައި، ޓައިވާނާ ދިމާއަށް އޮންނަ ޗައިނާގެ ޕްރޮވިންސްގައި އެ ގައުމުން ދަނީ ހަފްތާތަކަކަށް ދެމިގެންދާ ކަނޑާއި އެއްގަމުގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަމުންނެވެ. މި ތަމްރީނުތަކުގައި ޗައިނާއިން ދަނީ މަދަނީ އުޅަނދުފަހަރު އެކަތި އަނެކައްޗާ ގުޅުވައިގެން ފެންމަތީގައި އަޅާ ވަގުތީ ފާލަމެއް މެދުވެރިކޮށް އެއްގަމަށް ސިފައިން ބޭލުމުގެ އާ އުކުޅެއް ތަޖުރިބާ ކުރަމުންނެވެ.
ރޮއިޓަރސްއިން ބުނާ ގޮތުގައި ޖިއޯސްޕޭޝަލް ޑޭޓާ ކުންފުންޏެއް ކަމަށްވާ 'އިންޖެނީސްޕޭސް' ގެ ރިޕޯޓަކާއި ސެޓެލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި، ޗައިނާގެ އިރުދެކުނު ޕްރޮވިންސް ކަމަށްވާ ފޫޖިއާންގެ ދާޗެންގް ބޭގައި ކުރިއަށްގެންދާ މި ތަމްރީނުތައް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ޖޭސަން ވާންގް ވިދާޅުވި ގޮތުގައި، ޓައިވާނުގެ ފަރސްޓް އައިލެންޑް ޗެއިން ހިފުމުގެ ހާލަތެއްގައި ބައިވެރިވެދާނެ ފައުޖުތަކަށް ލޮޖިސްޓިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީން ދަނީ ފަރިތަކުރަމުންނެވެ. އަދި ފުން ހިސާބުތަކުން ބަރު އާލާތްތަކާއި ސާމާނު އުފުލުމަށް ފާލަމެއްގެ ގޮތުގައި މަދަނީ ބޯޓުފަހަރު ބޭނުންކުރުމަކީ، ޗައިނާއިން ވިސްނަމުންދާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ތަމްރީނުތައް ކުރިއަށްގެންދަނިކޮށް، ޓައިވާނުން ވަނީ ހަފްތާ ބަންދުގައި އެގައުމުގެ ލޯކަލް ކައުންސިލް އިންތިޚާބުވެސް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް