ދެކުނުގެ ރަށެއްގައި އުމުރުން ތިން އަހަރުގެ ޢަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކޮށް ވީޑީއޯ ކުރި ބައްޕައަށް ލިބުނު އެެއްމާބަނޑު ދެ ކުދިންވެސް ދައުލަތަށް ނަގައިފި ޢެވެ.
ޢަނިޔާ ލިބުނު ކުއްޖާ އާއި ޢަލަށް ލިބުނު އެއް މާބަނޑު ދެ ކުދިންގެ އިތުރުން ކުއްޖާގެ ބައްޕަ އާއި މަންމަގެ އިތުރު ދެ ކުދިން ތިބެ އެވެ. ކުއްޖާގެ މައްސަލަ ފެންމަތިމާއި އެކު އެ ދެކުދިންވެސް ދައުލަތަށް ވަނީ ނަގާފައި އެވެ.
މި މައްސަލައިގަ ބައްޕަ ހައްޔަރު ކުރި އިރު އަންހެން މީހާ އިނީ ބަލިވެ އެވެ. ކުއްޖާއަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރަމުން ދިޔަކަން އެ މަންމައަށް އެނގޭ ކަމަށް ބުނެ އޭރު ވާހަކަ ދެކެވުނެވެ. ފުލުހުން އޭރު ބުނީ މައްސަލައިގަ މަންމަގެ ބައިވެރިވުން އޮތްވަރު ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށެވެ.،
އުމުރުން 28 އަހަރުގެ ފިރިހެން މީހާ އެ މައްސަލައި ޝަރީއަތް ނިމެންދެން ހުރީ ބަންދުކޮށްފައި އެވެ.
އެ އާއިލާގެ ބައެއް މެމްބަރުން ސޯޝަލް މީޑިއާގައި ލިއެފައިވާ ގޮތުގައި އާއިލާއާ ކުދިން ހަވާލުކުރަން ގޮތެއް ނިންމަން ކަމަށް ބުނެ ހޮސްޕިޓަލަށް ދިއުމަށް ފަހު، އެ މީހުން އެ ދެ ކުދިން ގެންދިޔައީ އާއިލާއަށް ނޭނގި އެ މީހުންނަށް އޮޅުވާލައިގެންނެވެ.
އެ ކުދިން ގެންދިޔައީ، އާއިލާ އިން ހަވާލުވާން ތިއްބާ ކަމަށް ބުނެ އެ މީހުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް