އެއާޕޯޓު ފަޅިން ބުރިޖު ޖަންކްޝަނުގައި ޓްރެފިކް ލައިޓު ނުދިއްލޭ – ސަމާލުވުމަށް ފުލުހުން އިލްސްތިމާސްކުރޭ

އެއާޕޯޓު ފަޅިން ބުރިޖު ޖަންކްޝަނުގައި ޓްރެފިކް ލައިޓު ނުދިއްލޭތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްސްތިމާސްކޮށްފިއެވެ. އެގޮތުން ފުލުހުން މިއަދު ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ވެލާނާ ...

30 Sep 2025 | 09:23
އެއާޕޯޓު ފަޅިން ބްރިޖް ޖަންކްޝަން ސަރަހައްދު - ފޮޓޯ: ދެޓް މޯލްޑިވްސް ބްލޮގް

އެއާޕޯޓު ފަޅިން ބްރިޖް ޖަންކްޝަން ސަރަހައްދު - ފޮޓޯ: ދެޓް މޯލްޑިވްސް ބްލޮގް

އެއާޕޯޓު ފަޅިން ބުރިޖު ޖަންކްޝަނުގައި ޓްރެފިކް ލައިޓު

ނުދިއްލޭތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްސްތިމާސްކޮށްފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނީ ޓެކްނިކަލް

މައްސަލައެއްގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޅާ ޖަންކްޝަނުގައި

ހަރުކުރެވިފައިވާ ޓްރެފިކް ލައިޓް ނުދިއްލޭތީ، ބްރިޖުން ދަތުރުކުރައްވާ ހުރިހާ

ފަރާތްތަކުންވެސް މިކަމަށް ސަމާލުކަމެއް ދެއްވުމަށް ދަންނަވާކަމަށެވެ.

"މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ

ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯ

އޮމާންކަމާއެކު ކުރިއަށްދާކަން ޔަޤީންކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ"

ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ

އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް

އަމަލުކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް