ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް. ޢަލީ އަސްޢަރު (30އ) -
އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ
މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މާރާމާރީއަކީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ
ރޭ 1:17 އެހައިކަންހާއިރު ހިންގި މާރާމާރީއެކެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ
ސ. ހިތަދޫ / ސަންރީފް. ޢަލީ އަސްޢަރު (30އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު
މަހުގެ 28 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ޢަލީ އަސްޢަރުގެ ބަންދާމެދު
ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް
ފުލުހުން ބުނެއެވެ.
މި މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އޭނާއަށް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. މީހާގެ ހާލަތު
ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން
ބުނެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލަ ތަހުގީގު
ކުރަމުން ގެންދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް
ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް