ޕިންކް ރިބަން ރަން/ވޯކް އަންނަ މަހު 18 ގައި – ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބާއްވާ "ޕިންކް ރިބަން ރަން/ވޯކް" އަންނަ މަހު 18 ވަނަ ދުވަހު ބާއްވާނެ ކަމަށް ބުނެފިއެވެ. މި ހަރަކާތަކީ އާއްމުންގެ މެދުގައި ކެންސަރަށް އޮތް ހޭލުންތެރިކަން އިތުރުކުރު...

30 Sep 2025 | 06:18
ޕިންކް ރިބަން ރަން/ވޯކްގެ ދަށުން ކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން -

ޕިންކް ރިބަން ރަން/ވޯކްގެ ދަށުން ކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން -

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބާއްވާ

"ޕިންކް ރިބަން ރަން/ވޯކް" އަންނަ މަހު 18 ވަނަ ދުވަހު ބާއްވާނެ ކަމަށް

ބުނެފިއެވެ.

މި ހަރަކާތަކީ އާއްމުންގެ މެދުގައި ކެންސަރަށް އޮތް

ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ ހުޅުމާލޭގެ

ސެންޓްރަލް ޕާކުގައެވެ. އަތޮޅު ތެރޭގެ 29 ވަނަ ރަށަކުންނާއި 4 ރިސޯޓަކުން ވަނީ މި ރަން/ވޯކް

ގައި ބައިވެރިވެފައެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 4 އޮކްޓޫބަރު

2025 ވާ ހޮނިހިރު ދުވަހެވެ.

މި ރަން/ވޯކް ގައި

https://form.jotform.com/252491039483461 މި ލިންކުން ބައިވެރިވެވޭނެއެވެ. 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ

މި ރަން އަށް 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް