ހަމަލަތައް ހުއްޓާލުމަށް އެމެރިކާއިން އެކުލަވައިލި ޕްލޭނަށް އިސްރާއީލުން އެއްބަސްވެއްޖެކަމަށް ޓްރަމްޕް ބުނެފި – ހަމާސްގެ ބަސް އަދި ސުވާލު މާކެއްގެ ތެރޭގައި !

ޣައްޒާ-އިސްރާއީލު ހަމަލަތައް އެކުގައި ހުއްޓާލައި މަސްރަޙް ފިނިވެގެންދާނޭ ފަދަ ޕްލޭނަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފި...

30 Sep 2025 | 05:36
ޓްރަމްޕާއި ނަތަންޔާހޫ ވައިޓްހައުސްގައި - ރޮއިޓާސް ފޮޓޯ: ޖޮނަތަން އާނަސްޓް

ޓްރަމްޕާއި ނަތަންޔާހޫ ވައިޓްހައުސްގައި - ރޮއިޓާސް ފޮޓޯ: ޖޮނަތަން އާނަސްޓް

ޣައްޒާ-އިސްރާއީލު ހަމަލަތައް އެކުގައި ހުއްޓާލައި

މަސްރަޙް ފިނިވެގެންދާނޭ ފަދަ ޕްލޭނަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން

ނަތަންޔާހޫ އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިވަނީ މިއަދު

ވައިޓްހައުސްގައި ނަތަންޔާހޫއާއި ބައްދަލުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ

ބައްދަލުވުމުގައެވެ.

ޓްރަމްޕް ބުނެފައިވަނީ އެމެރިކާއިން ސްޕޮންސަރ ކުރާ

އެ ޕްލޭނަށް އިސްރާއީލު އެއްބަސް ކަމަށެވެ.

މައިގަނޑު 20 ކަމެއް ހިމެނޭ އެ ޕްލޭންގެ ބައެއް

މަޢުލޫމާތު ވައިޓްހައުސް އިން ހާމަކޮށްފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ ހަމާސްގެ ބެލުމުގެ ދަށުގައި

ތިބި އަސީރުން މިނިވަން ކުރުމާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ރައްޔިތުން

ދޫކުރުމާއި އިސްރާއީލުން ޣައްޒާ ބިމުން ފޭބުމާއި، ހަމާސްއިން ބާރު ދޫކޮށްލު

ބައިނަލްއަގުވާމީ އެއްބާރުލުމާއެކު އިންތިގާލީ ސަރުކާރެއް ނުވަތަ ޣައްޒާގެ

ކަންކަން ބަލަހައްޓާނެ ބޮޑީއެއް އުފެއްދުމެވެ.

ޓްރަމްޕްގެ ވާހަކައިގާ މި ޕްލޭނަށް ހަމާސް އިން

އެއްބަސްނުވާނަމަ އިސްރާއީލުން ބޭނުން ފިޔަވަޅެއް އެޅުމުގައި އިސްރާއީލަށް

އެމެރިކާގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ އިންޒާރުވެސް ޓްރަމްޕް ދީފައިވެއެވެ.

މިކަން ޓްރަމްޕްގެ ފަރާތުން އިޢުލާނު ކުރި ނަމަވެސް

އެ ބުނާ ޕްލޭނަކަށް ހަމާސް އިން އެއްބަސްވާކަމެއް އަދި އެއްބަސްވާނެކަމެއް ސާފެއް

ނޫނެވެ. ހަމާސް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް