ދައުލަތުން ލޯނު ދިނުމާއި އޮންލެންޑް ކުރުމާބެހޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައި، އަމަލު ކުރަން ފަށައިފިއެވެ.
ފިނޭސް މިނިސްޓްރީން ވިދާޅުވީ ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމާބެހޭ އުސޫލެއް ކަނޑައެޅީ ހަމަހަމަ ކަމާއި ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުން ކުރިއަށް ގެންދިއުމަށެވެ.
އެގޮތުން މިނިސްޓްރީގެ ޤަވައިދުގާވާ ގޮތުގެ މަތިން ލޯނު ދޫކުރުމާއި އޮންލެންޑް ކުރެވޭނީ ހަމައެކަނި ދައުލަތުގެ ބޭނުމަށެވެ. އަމިއްލަ ފަރުދުންނަށް ދުލެއް ނުކުރެވޭނެއެވެ.
ދައުލަތުގެ ބޭނުންތައް ކަމަށް ބަލާނީ، މުޖުމަތަމައަށް މަންފާއެއް ކުރުމާއި އެކަމަކީ ސަރުކާރަކަށްވުމުން އަދާކުރަން ޖެހޭ މަސްހޫލިއްޔަތުތަކާ ސީދާ ގުޅުން ހުރި ކަމަކަށްވުމުގެ އިތުރުން، އެކަމެއް ކުރުމުގެ މައިގަނޑު ސަބަބަކީ ވަކި ފަރުދެއްގެ މަސްލަހަތު ހިމާޔަތް ކޮށްދިނުމެވެ. އަދި އެކަމަކީ އާންމު ސިއްހަތާއި ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން އަމާންކަމާއި ގައުމުގެ ކުރިއެރުމާއި ގައުމުގެ ފުދުންތެރިކަމުން ކަމެއް ހާސިލްވުމަށް މަގު ފަހިކޮށްދޭ ކަމެއް ކަމަށް ވުން ވެސް ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި ލޯނު ނަގަން ހުށަޅަން ޖެހެނީ ފިނޭންސް މިނިސްޓަރަށެވެ. ނަމަވެސް ލޯނު ދޫކުރާނީ ރައީސްގެ ހުއްދަ ދިނުމުންނެވެ. ލޯނު ދޫކުރާ އަދަދު ކަނޑައަޅާނީ ލޯނަށް އެދި ހުށަހަޅާ ފަރާތުގައި ސަރުކާރުގެ ހިއްސާ ނުވަތަ މަސްލަހަތު އޮތް މިންވަރަކާއި ކްރެޑިޓް ރިސްކާއި ލޯނު ނަގައިގެން ހިންގާ މަޝްރޫއުގެ ފީޒިބިލިޓީއަށް ބެލުމަށްފަހުގައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.
ފިނޭސް މިނިސްޓްރީން އިތުރަށް ވިދާޅުވީ، ލޯނު މައާފުކޮށްދެވޭނެ ގޮތްތަކެއް ވާނެ ކަމަށެވެ. އެގޮތުން ލޯނު މައާފުކޮށްދެވޭނީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކު ރައީސް އަށެވެ. އަދި މައާފުކޮށްދޭ ލޯނުގެ ތަފުސީލު އެއް މަސް ދުވަހުގެ ތެރޭގައި ރައްޔިތުން މަޖިލީހު މާލިއްޔަތު ކޮމެޓީއަށް ހިއްސާ ކުރަން ވެސް ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް