ހައްޖު ހުއްދަނެތި މައްކާއަށް ވަންނަން އުޅުނު ހަތަރު ލައްކަ މީހުން އަނބުރާ ފޮނުވާލައިފި

ހައްޖު ހުއްދަނެތި މައްކާއަށް ވަންނަން އުޅުނު ހަތަރު ލައްކައަށްވުރެ ގިނަ މީހުން އަނބުރާ ފޮނުވާލާފައިވާނޭ ކަމަށް ސައުދީގެ ޕަބްލިކް ސެކިއުރިޓީން ހާމަކޮށްފި އެވެ. ސައުދީގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް ސެކިއ...

30 Aug 2017 | 08:24

ހައްޖު ހުއްދަނެތި މައްކާއަށް ވަންނަން އުޅުނު ހަތަރު ލައްކައަށްވުރެ ގިނަ މީހުން އަނބުރާ ފޮނުވާލާފައިވާނޭ ކަމަށް ސައުދީގެ ޕަބްލިކް ސެކިއުރިޓީން ހާމަކޮށްފި އެވެ.

ސައުދީގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް ސެކިއުރިޓީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކާނަލް ސާމީ އަލް ޝުވައިރަޚް ވިދާޅުވެފައިވަނީ ހަތަރު ލައްކަ މީހުން އަނބުރާ ފޮނުވާލާފައިވާއިރު މީހުން ގޮވައިގެން ދަތުރު ކުރި ދެ ލައްކައަށްވުރެ ގިނަ ވެހިކަލް، ޗެކްޕޮއިންޓްތަކުން ހުއްޓުވައި އަނބުރާ ފޮނުވާލާފައިވާނޭ ކަމަށެވެ.

އޭގެ އިތުރުން 1841 ފަރާތަކާއިމެދު ފިޔަވަޅު އެޅުމަށް ޕަބްލިކް ޕްރޮސެކިއުޝަން އަށް ފޮނުވާފައިވާއިރު 3296 ވެހިކަލެއް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނޭކަމުގައިވެސް އޭނާ ހާމަކުރެއްވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދީގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް މަންސޫރު އަލް ތުރްކީ ވިދާޅުވީ ދެ މިލިޔަން ހައްޖުވެރިންނަށް ހިދުމަތްތައް ދިނުމަށް ތައްޔާރުވެފައިވާއިރު މި އަހަރު ހައްޖުވެރިންގެ ތެރޭގައި ހިމެނެނީ ސައުދީއަށް ނިސްބަތްވާ ދެ ލައްކަ ހައްޖުވެރިންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 1.7 މިލިޔަން ހައްޖުވެރިންކަމުގައި އޭނާ ހާމަކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް