ރަސްރަނި ބަގީޗާއަށް ވަންނަން ބިދޭސީން އަތުން ބޮޑު އަގެއް ނަގަން ފަށައިފި

ކުރީގެ ސަލްޓަން ޕާކުގައި އަލަށް ހުޅުވި ރަސްރަނި ބަގީޗާއަށް ވަންނަ ބިދޭސީން އަތުން ފީ ނަގަން ފަށައިފި އެވެ. ހައުސިން މިނިސްޓްރީން ހަމަޖައްސާފައިވަނީ ބަގީޗާއަށް ވަންނަ ކޮންމެ ބިދޭސީއެއްގެ އަތުން 75 ރުފި...

30 Aug 2017 | 07:29

ކުރީގެ ސަލްޓަން ޕާކުގައި އަލަށް ހުޅުވި ރަސްރަނި ބަގީޗާއަށް ވަންނަ ބިދޭސީން އަތުން ފީ ނަގަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ހަމަޖައްސާފައިވަނީ ބަގީޗާއަށް ވަންނަ ކޮންމެ ބިދޭސީއެއްގެ އަތުން 75 ރުފިޔާ ނެގުމަށެވެ. އަދި ހަފްތާގައި ބަންދުގައި ބަގީޗާއަށް ވަންނަ ބިދޭސީންގެ އަތުން 100 ރުފިޔާ ނެގުމަށެވެ.

ބިދޭސީން އަތުން ފީއެއް ނެގިޔަސް ދިވެހިންނަށް ރަސްރަނި ބަގީޗާއަށް ހިލޭ ވަދެވެ އެވެ.

އެ ބަގީޗާ އާންމުންނަށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހު އެވެ.

ރާއްޖޭގައި ރަސްކަމުގެ ގަނޑުވަރުހުރި އެ ބިމުގައި ގާއިމު ކުރި މި ޕާކުގެ ނަމަށް ބަދަލު ގެނެސް އެ ރަސްކަލުންނާއި ރާނީންނާ ގުޅުވައިގެން ދީފައިވާއިރު އެތަނުގައި “ރަސްރަނި ވިއު”ގެ ނަމުން ނަން ދީފައިވާ ޓްރީ ހައުސް އެއް ހުރެ އެވެ. އަދި އެތަނާއި ގުޅުވައިގެން ދެބުރިއަށް ހަދާފައިވާ ފެން އަރުވާ ވަޑާމެއް ހުރެ އެވެ.

ޓްރީ ހައުސްގެ ތިރި ހާއްސަކޮށްފައި ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ން ހިންގާ ކުރެހުމުގެ ހަރަކާތްތަކަށެވެ. އަދި ވަށައިގެން ބިއްލޫރި ޖަހާފައިވާ މިތަނުގެ މަތީގައި ވެސް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކްލާސްރޫމުތަކެއް ހުންނައިރު، އެތަނުން މުޅި ބަގީޗާ ތެރެ ފެނެ އެވެ.

މި ބަގީޗާގައި ލެޑުން ހަދާފައިވާ ބެޑެތި ރީތި އުނދޯލިތަކެއް ހުރި އިރު އޭގެ އުނދޯލި އަދި ހުރީ އެމެރިކާގެ ބޮސްޓަންގައި އެކަނިކަމަށް ވެ އެވެ. އެތަނުގައި 10 ލެޑް އުނދޯލި ހުރެ އެވެ. ހައުސިން މިނިސްޓްރީން ބުނީ ކުރިން ހުރި އެއްވެސް ގަހެއް ނުކަނޑާ މިހާރު 18.000 އަށްވުރެ ގިނަ ގަސް ރަސްރަނި ބަގީޗާގައި ހުންނާނެ ކަމަށެވެ.

މިތަން ހުޅުވިފައި ހުންނާނީ ހެނދުނު 6:00 ން ރޭގަނޑު 12:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން 11:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް