މަޝްވަރާގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދައުވަތު ދީފި

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ޕާޓީތަކަށް، ސަރުކާރުން އަނެއްކާވެސް ދައުވަތު ދީފި އެވެ. ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާކަން ސަރުކާރުގެ ފަރާތުން ހާމަކުރައްވަމުން ފިޝަރީޒް މ...

30 Aug 2017 | 06:06

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ޕާޓީތަކަށް، ސަރުކާރުން އަނެއްކާވެސް ދައުވަތު ދީފި އެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާކަން ސަރުކާރުގެ ފަރާތުން ހާމަކުރައްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުވަތު ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި ރައީސް މައުމޫނަށްވެސް އެ ސިޓީ ފޮނުވާފައިވާނޭ ކަމުގައި ޝައިނީ ވިދާޅުވި އެވެ. ޝައިނީ ވިދާޅުވީ، ސިޓީ އެޑްރެސް ކޮށްފައިވާނީ ޕާޓީތަކުގެ ލީޑަރުންނަށް ކަމަށެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި ޕީޕީއެމް، އެމްޑީއޭ އަދި ޑީއާރުޕީވެސް ބައިވެރިވާނޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މަޝްވަރާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކަށް ސިޓީ ފޮނުވީ އިސްލާހަށް ގޮވާލަނީ އެ ފަރާތްތަކުން ކަމަށްވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް