އިންޑިއާގަ ފުރަތަމަ ފަހަރަށް "މިސް ޓްރާންސްކުއީން" މުބާރާތް ބާއްވައިފި

އިންޑިއާގައި ބޭއްވި ފުރަތަމަ "މިސް ޓްރާންސްކުއީން 2017" ގެ އެއްވަނަ ކޮލްކަތާގެ ނިތާޝާ ހޯދައިފި އެވެ. އިންޑިއާގައި ޓްރާންސް ޖެންޑާ މީހުންނަކީ ވަރަށް ބޮޑަށް އެކަހެރި ކުރެވިފައިވާ ބައެކެވެ. އެހެންވެ އެފަ...

30 Aug 2017 | 05:20

އިންޑިއާގައި ބޭއްވި ފުރަތަމަ "މިސް ޓްރާންސްކުއީން 2017" ގެ އެއްވަނަ ކޮލްކަތާގެ ނިތާޝާ ހޯދައިފި އެވެ.

އިންޑިއާގައި ޓްރާންސް ޖެންޑާ މީހުންނަކީ ވަރަށް ބޮޑަށް އެކަހެރި ކުރެވިފައިވާ ބައެކެވެ. އެހެންވެ އެފަދަ މީހުންނަށް ހާއްސަކޮށްގެން ބޭއްވި މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

މި މުބާރާތުން އެއްވަނަ ހޯދި އުމުރުން 26 އަހަރުގެ ނިތާޝާ އަކީ ކޮލްކަތާގައި ބިޒްނަސް މެނޭޖްމެންޓުން މާސްޓާސް ހަދަމުންދާ ކުއްޖެކެވެ. މި މުބާރާތުން ދެވަނަ ލިބުނީ މަނިޕޫރުގެ ލޮއިލޮއި އަށެވެ. ތިން ވަނަ ޗެންނާއީގެ ރަގަސްޔާއަށް ލިބުނު އިރު މުޅި މުބާރާތުގައި އިންޑިއާގެ އެކި ސަރަހައްދުތަކުން 1،500 އަށްވުރެ ގިނަ މީހުން ވާދަކުރި އެވެ.

މި މުބާރާތް އިންތިޒާމު ކުރި ފަރާތުން ބުނީ އެއްވަނަ އަށްދިޔަ ނިތާޝާ އަށް ތައިލެންޑުގައި އޮންނަ "މިސް އިންޓަނޭޝަނަލް ކުއީން" މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ދެވަނައަށް ދިޔަ ލޮއިލޮއި އަށް "މިސް ޓްރާންސްސެކްޝުއަލް އޮސްޓްރޭލިއާ" ގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މުބާރާތް އިންތިޒާމު ކުރި ފަރާތުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ އެފަދަ އަންހެނުން ބާރުވެރިކޮށް އާންމުންގެ ތެރޭގައި ކެރިގެން ފާޅުގައި އުޅުމަށް ހިތްވަރު ދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް