އެމްޓީސީސީގެ ހިއްސާއަކަށް 24 ރުފިޔާ ބަހަށް ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެ ކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 24 ރުފިޔާ ބަހަން ނިންމާފައިވަނީ ހާޒިރުވި 194 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓު ހިއްސާދާރުންގެ ތާއީދާއި އެކު އެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 12 މިލިއަން ރުފިޔާ އެވެ. އެއީ 2015 ވަނަ އަހަރާއި އަޅާ ބަލާއިރު 41 ޕަސެންޓު ދަށް އަދަދެކެވެ.
ރޭގެ ޖަލްސާގައި އެމްޓިސީސީންވެސް ބޭނުން ކޮށްފައިވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެވެ. އެންމެ ފުރަތަމަ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ކުރީ އެސްޓިއޯއިން ނެވެ.
އޭގެ އިތުރުން ކުންފުނީގެ ހިއްސާ ސްޕްލިޓް ކުރުމާ ބެހޭ ގަރާރު ފާސްކުރުމަށްވެސް ހިއްސާދާރުން ވަނީ ތާއީދު ކުރައްވާފައެވެ. އެއާ އެކު ހިއްސާ ސްޕްލިޓް ކުރުމުން ހިއްސާގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ދަށްކޮށް ކޮންމެ އެއް ހިއްސާއެއް 10 ހިއްސާއަށް ބަދަލުކުރުމުގެ ހުއްދަ ކުންފުންޏަށް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް