މާލޭ ދެކުނު ފަރާތު ނެރަށް އަނެއްކާވެސް ލޯންޗެއް އަރައިފި

އަލަށް ކެނޑި މާލޭ ދެކުނު ފަރާތު ނެރަށް އަނެއްކާވެސް ލޯންޗެއް އަރައިފި އެވެ. މިހާދިސާ ހިނގާފައި ވަނީ ރޭ 7:00 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ މިހާދިސާގައި ނެރަށް އަރާފައިވަނީ "މުއިރި 1" ނަމަކަށް ކިޔާ...

30 Aug 2017 | 04:33

އަލަށް ކެނޑި މާލޭ ދެކުނު ފަރާތު ނެރަށް އަނެއްކާވެސް ލޯންޗެއް އަރައިފި އެވެ.

މިހާދިސާ ހިނގާފައި ވަނީ ރޭ 7:00 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ މިހާދިސާގައި ނެރަށް އަރާފައިވަނީ "މުއިރި 1" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.

މިހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ހަތަރު މީހުންނެވެ. އޭގެ ތެރެއިން ކެޕްޓަނަށް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ވެގެން ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާ ހިނގާފައިވަނީ ލޯންޗު ފަޅަން ވަންނަން އުޅުމުގެ ތެރޭގައި އެވެ.

އިއްޔެ ހައުސިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ނެރު ބޭނުން ނުކުރުމަށް އަންގާފަ އެވެ. އެ މިނިސްޓްރީން ބުނީ ދެކުނު ފަރާތު ނެރަކީ އަދި ހަދާ ނިމިފައި ނުވާ ތަނަކަށްވާތީ ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށެވެ.

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެ އުޅަނދެއް ވަނީ އެ ސަރަހައްދުން ނެރަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް