އައްޑޫ ސިޓީ މަރަދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ މަރަދޫ ވަލިގޭ، އަލީ ހަނީފް. 56، އެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ މަރަދޫ ލިކްރޯޑުގައި އަލީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ސްޕީޑު ބްރޭކަރު މަތިން ކަހާލައިގެން ކަމަށެވެ.
އެކްސިޑެންޓުވި އިރު ސައިކަލުގަ އިނީ އަލީ އެކަންޏެވެ. މިހާދިސާގައި އަލީގެ ބޮލަށް ބޮޑެތި ގެއްލުންތަކެއްވެފައިވާއިރު ހަށިގަނޑުގެ އެތަން މިތަނަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފަ އެވެ.
މިހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް