މުލަކުން މަސްތުވާތަކެއްޗާއި އެކީ މީހަކު ހައްޔަރުކޮށްފި

މ. މުލަކުން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވިގޮތުގައި އިއްޔެ މި މީހާ މަސްތުވާތަކެއްޗާއި އެކީ ހައްޔަރުކޮށްފައި ވަނީ އެރަށު ބަނދަރުމަތިންނެވެ. އެރަށު ބަނދަރުމަތީ ހުއްޓ...

30 Jul 2019 | 13:23

މ. މުލަކުން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި އިއްޔެ މި މީހާ މަސްތުވާތަކެއްޗާއި އެކީ ހައްޔަރުކޮށްފައި ވަނީ އެރަށު ބަނދަރުމަތިންނެވެ. އެރަށު ބަނދަރުމަތީ ހުއްޓައި މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ނުވަ ރަބަރު ޕެކެޓު އެމީހާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާގެ ބަންދަށް މ.މުލި މެޖިސްޓްރޭޓް ކޯޓުން ވަނީ ހޯމް މިނިސްޓްރީން އަންގާ ތަނެއްގައި ބަހައްޓަން 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ މުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް