އައު ސަފީރު ޠާރިޤް އިބްރާހީމްގެ ފަތްކޮޅު ޔޫއޭއީއަށް ހުށަހަޅުއްވައިފި

ދިވެހިރާއްޖެއިން ޔޫނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އައު ސަފީރު ޠާރިޤް އިބްރާހީމްގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ، ޔޫއޭއީގެ ޚާރިޖީ ވުޒާރާގެ އަންޑާ ސެކްރެޓަރީ ޢުމަރު ޢުބައިދު އަލްހ...

30 Jun 2026 | 03:55
ސަފީރުކަމުގެ ފަތްކޮޅު ހުށަހަޅުއްވަނީ - ފޮޓޯ: ޝާރްޖާ 24

ސަފީރުކަމުގެ ފަތްކޮޅު ހުށަހަޅުއްވަނީ - ފޮޓޯ: ޝާރްޖާ 24

ދިވެހިރާއްޖެއިން ޔޫނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އައު ސަފީރު ޠާރިޤް އިބްރާހީމްގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ، ޔޫއޭއީގެ ޚާރިޖީ ވުޒާރާގެ އަންޑާ ސެކްރެޓަރީ ޢުމަރު ޢުބައިދު އަލްހެސަން އައްޝާމިސީއާ ހުށަހަޅުއްވައިފިއެވެ.

މި ބައްދަލުވުމުގައި އައްޝާމިސީ ވަނީ ސަފީރު ޠާރިޤަށް އައު މަޤާމުގައި ކާމިޔާބީއަށް އެދިވަޑައިގެން، ރާއްޖެއާ އެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޔަޤީންކަން ދެއްވައިފައެވެ.

ސަފީރު ޠާރިޤް ވަނީ ޔޫއޭއީގެ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މަޤާމަށް ތަޢުރީފުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ތަރައްޤީކުރެއްވުމުގެ އުންމީދު ފާޅުކުރައްވައިފައެވެ. ރާއްޖެއާއި ޔޫއޭއީއާ ދެމެދު މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، ފަތުރުވެރިކަމާއި، އިޔާދަކުރެވޭ ހަކަތައިގެ ދާއިރާ ހިމެނޭ ގޮތުން ގުޅުން ދަނީ ބަދަހިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް