ރާއްޖޭގައި ޓީޗަރުންގެ ކޮންފަރެންސްއެއް ބާއްވަނީ

ދިވެހިރާއްޖޭގައި ޓީޗަރުންގެ ކޮންފަރެންސްއެއް ބާއްވަން ނިންމައިފި އެވެ. އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާރސިޓީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން...

30 Jun 2019 | 09:28

ދިވެހިރާއްޖޭގައި ޓީޗަރުންގެ ކޮންފަރެންސްއެއް ބާއްވަން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާރސިޓީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސް ބާއްވަނީ އަންނަ ސެޕްޓެމްބަރ މަހުގެ ހަތަރުވަނަ ދުވަހާއި، ފަސްވަނަ ދުވަހުއެވެ.

މި ކޮންފަރެންސްގެ ތެރެއިން ތައުލީމީ ދައިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ރާއްޖޭ ގެ މުދައްރިސުންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ރޢްޖެއިން ބޭރުގެ ފަރާތްތައްވެސް ބައިވެރިވާނެއެވެ.

ސެޕްޓެމްބަރު މަހު އޮންނަ މި ކޮންފަރެންސްގައި ސަރުކާރު ސްކޫލްތަކުގެ ދިވެހި ޓީޗަރުންނަށް ހިލޭ ބައިވެރިވެވޭނެ އެވެ. އެނޫން ފަރާތްތައް ކޮންފަރެންސްގައި ބައިވެރިވާން 150 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް