ބްރޯޑްކާސްޓިން ކޮމިޝަނުން ނަބާހު އިސްތިއުފާ ދެއްވައިފި

ބްރޯޑްކާސްޓިން ކޮމިޝަން މެމްބަރު، ހަސަން ނަބާހު އޭނާގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެ. ނަބާހު އަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކާ ގާތްގުޅުމެއް އ...

30 Jun 2019 | 08:49

ބްރޯޑްކާސްޓިން ކޮމިޝަން މެމްބަރު، ހަސަން ނަބާހު އޭނާގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެ.

ނަބާހު އަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު، އިސްމާއިލް ސޮފްވާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް މިދިޔަ ހަފްތާގައި އޭނާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ރައީސް މުހައްމަދު ޝަހީބު، ނައިބު ރައީސް ފާތިމަތު ޒައިނާ އާއި ޒީނާ ޒާހިރު، އަމްޖަދު ވަހީދާއި، އައިމިނަތު ސަރާހަތު އެވެ.

ކުރީގެ ސަރުކާރުގެ ނުފޫޒާ އެކު ވަކިވަކި ޗެނަލްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގައި އިސްކޮށް އުޅުއްވީ އެ ކޮމިޝަންގެ މެމްބަރުން ކަމަށް ތުހުމަތު ކުރެ އެވެ. އަދި އެކޮމިޝަންގެ މެމްބަރުން ގޯސްތަކެއް ހަދާފައިވާ ކަމަށް އެކޮމިޝަންގެ ރައީސް ވަރަށް ފަހުން ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް