ކާށިދޫ ފަރަށް ތެޔޮބާޖެއް އަރައިފި

ތެޔޮ ބަރުކޮށްގެން ދަތުރުކުރި ތެޔޮ ބާޖެއް ކ. ކާށިދޫ ފަރަށް އަރާފައިވާކަމަށް ސިފައިން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަންއޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅ...

30 May 2019 | 07:51

ތެޔޮ ބަރުކޮށްގެން ދަތުރުކުރި ތެޔޮ ބާޖެއް ކ. ކާށިދޫ ފަރަށް އަރާފައިވާކަމަށް ސިފައިން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަންއޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "މާތޮޅި" ނަމަކަށް ކިޔާ 100 ފޫޓުގެ އެ ތެޔޮ ބާޖަކީ ފިއުލް ސަޕްލައި މޯލްޑިވްސްގެ އުޅަނދެއް ކަމަށެވެ. އެ އުޅަނދުގައި 27000 ލީޓަރުގެ ޕެޓްރޯލާއި 180000 ލީޓަރުގެ ޑީސަލް ހުރި ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ބާޖުގައި ހަ ދިވެހިން އެބަތިބި ކަމަށާއި އެ ބާޖަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ އިރުއޮއްސސި 6:44 ހާއިރު ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

މި ބާޖު ފުންކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޓަގެއް ރޭ 02:00 ގައި ފުރާފައިވާކަމަށާއި މިއަދު ހެނދުނު 08:00 އިން ފެށިގެން ފުންކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާއި އެ ސަރަހައްދަށް ތެޔޮ ލީކުވުމުގެ ނިޝާނެއް އަދި ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް