ލަންކާގައި ސޯޝަލް މީޑިއާ އަންބްލޮކް ކޮށްލައިފި

މިދިޔަ ހަފްތާގައި ލަންކާއަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އެ ގައުމުގައި ސޯޝަލް މީޑިއާ ބްލޮކް ކޮށްލުމަށްފަހު އަލުން އަންބްލޮކް ކޮށްފިއެވެ. ލަންކާއިން ސޯޝަލް މީޑިއާ ބްލޮކް ކޮށްލީ ބޮމުގެ ހަމަލާތަކަށް...

30 Apr 2019 | 08:12

މިދިޔަ ހަފްތާގައި ލަންކާއަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އެ ގައުމުގައި ސޯޝަލް މީޑިއާ ބްލޮކް ކޮށްލުމަށްފަހު އަލުން އަންބްލޮކް ކޮށްފިއެވެ.

ލަންކާއިން ސޯޝަލް މީޑިއާ ބްލޮކް ކޮށްލީ ބޮމުގެ ހަމަލާތަކަށްފަހު ނުބައި މައުލޫމާތު ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.

ލަންކާގައި ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ލަންކާގެ ރައީސް ސިރިސޭނާ އެވެ.

މިދިޔަ ހަފްތާ ލަންކާގައި ދިން ބޮމުގެ އަށް ހަމަލާގައި މަރުވި މީހުންގެ އަދަދު 253 އަށް އަރާފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ. މި ހަމަލާ ދިން މީހުން ބޮމުގެ ހަމަލާތައް ދިނީ އަމިއްލަ ނަފްސު ގޮއްވާލައިގެންނެވެ. މި ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް