ސިޔާސީ މީހުން ޖުޑީޝަރީއަށް އަތް ބޭނުން ހުއްޓުވަން ގާނޫން ތަކަށް ބަދަލުގެންނަން ޖެހޭ: ނާދިރާ

ސިޔާސީ ފަރާތްތަކުން ޖުޑީޝަރީއަށް އަތް ބޭނުން ހުއްޓުވަން ގާނޫނުތަކަށް ބަދަލުގެންނަން ޖެހޭ ކަމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އައިމިނަތު ...

30 Mar 2019 | 10:18

ސިޔާސީ ފަރާތްތަކުން ޖުޑީޝަރީއަށް އަތް ބޭނުން ހުއްޓުވަން ގާނޫނުތަކަށް ބަދަލުގެންނަން ޖެހޭ ކަމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ނާދިރާ ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ކޯޓުތަކުން ހުކުމް ކުރަނީ އެކި މީހުންނަށް އެކި ގޮތަށް ކަމަށެވެ. އިނގިލި ދިއްކުރަނީ ހުކުމް ކުރާ ގޮތުން ކަމަށެވެ.

"ސިޔާސީ މީހުން ޖުޑީޝަރީއަށް އަތް ބޭނުން ހުއްޓުވަން ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ" ނާދިރާ ވިދާޅުވެފައިވެއެވެ.

https://twitter.com/a_nadraa/status/1111350125756997632?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނާދިރާ ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫންގެ ތާއީދާއެކު އަމިއްލަ ގޮތުންނެވެ. ނާދިރާގެ ކެނޑިޑޭޓު ނަމްބަރަކީ 3 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް