ހެލްމެޓް ބަދަލު ކޮއްދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ޓްރާންސްޕޯޓް އޮތޯރިޓީއިން ކުރިން ދޫކޮއްފައިވާ ހެޔޮވަރު ނޫން ހެލްމެޓް ތަކުގެ ސައިޒު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެ އޮތޯރިޓީއިން ބުނެފިއެވެ. ސަރުކާރުން ހިލޭ ބަހާ 5000 ހެލްމެޓު ބެހުމުގެ ...

30 Mar 2019 | 08:18

ޓްރާންސްޕޯޓް އޮތޯރިޓީއިން ކުރިން ދޫކޮއްފައިވާ ހެޔޮވަރު ނޫން ހެލްމެޓް ތަކުގެ ސައިޒު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެ އޮތޯރިޓީއިން ބުނެފިއެވެ.

ސަރުކާރުން ހިލޭ ބަހާ 5000 ހެލްމެޓު ބެހުމުގެ ގޮތުން ބޭއްވި ސެޝަންތަކުގެ ތެރެއިން ހަތެއް، އަށެއް އަދި ނުވަ ވަނަ ސެޝަންގެ ބައިވެރިންނަށް ހެޔޮވަރު ހެލްމެޓް ފޯރުކޮށް ދިނުން މިއަދު އޮންނާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެއެވެ. އަދި ސައިޒު ބަދަލު ކުރުމަށް ބޭނުންވާ ބޭފުޅުން އަންނަ އިރު ހެލްމެޓު ބޭނުން ނުކޮށް އޭގެ ފޮށްޓާއި ކަވަރާ އެކު ގެންދިއުމަށް ޓްރާސްޕޯޓް އޮތޯރިޓީން ވަނީ އެދިފައެވެ.

ހެލްމެޓް ބެހުން އޮތީ މިއަދު 11:00 އިން ހަވީރު 16:00 އެވެ.

ހެލްމެޓު ބަހާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހުލާގާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވުނު ދެ ގަޑި އިރުގެ ތަމްރީން ސެޝަނެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް