މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ރާއްޖެއިން ޗައިނާއާއި އެކީ ސޮއެކުރައްވާފައިވާ، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީނު ދަ ގަވަރމެންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކު އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކު އޮފް މޯލްޑިވްސް އޮން ކޯޕަރޭޝަނު ވިތިން ދަ ފްރޭމްވޯކް އޮފް ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް އިނިޝިއޭޓިވް"، މި ޕޮރޮޖެކްޓް މެދު ނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށް ފޮރިން މިނިސްޓަރ ﷲއަބްދު ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު ޗައިނާގެ ނޫހެއްކަމަށްވާ ޒިންހުއާ ނޫހަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް އެކުވެރިކަން އިތުރަށް ބަދަހި ކުރާނެކަމަށެވެ. އަދި އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ޗައިނާއަކީ އެންމެ ހަަލުވި ސްޕީޑެއްގައި ކުރިއަރައި އިގްތިސާދަށް ވެފައި، އެހެން ގައުމުތަކުންވެސް ޗައިނާއާއި އެކުވެރިކަން ބަދަހިކޮށް، ގުޅުގެން ބޮޑެތި މަޝްރޫއުތައް ހިންގައި ބީދާއިން ދިވެހި ރާއްޖޭންވެސް އެކުވެރިކަން ބަދަހިކޮށް އެކުގައި މަސައްކަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
އެހެންނަމަވެސް، ޗައިނާއިން ލަންކާއާއި މެދު އަމަލު ކުރި ގޮތަށް ފަހު ގިނަ ގައުމުތަކުން ދަނީ ޗައިނާގެ ސިލްކް ރޯޑް މަޝްރޫއާއި ދެކޮޅަށް އަޑުއުފުލައި ނުރުހުން ފާޅުކުރަމުންނެވެ.
މެލޭޝިއާއިން 22 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް މީގެ ދެމަސް ދުވަސް ކުރިން ކެންސަލު ކޮށްފައި ވާއިރު، ޕާކިސްތާނުންވެސް ދަނީ ޗައިނާގެ ލޯނުތަކުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ޗައިނާއިން ބުނަނީ އެ މަޝްރޫއުގެ ސަބަބުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގައުމުތަކާއި އޮތް ވިޔަފާރި ފަސް ޓިރިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް