ޕީއެސްއެމްއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން: ރައީސް ސޯލިހް

މި ސަރުކާރުގައި ޕީއެސްއެމްއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގ...

29 Dec 2018 | 07:00

މި ސަރުކާރުގައި ޕީއެސްއެމްއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި ދިވެހި ރާއްޖޭގެ އަޑަކީ ދިވެހި ރައްޔިތުންނަށް އަގުނުކުރެވޭނެ ހިދުމަތްތަކައް ކުރައްވާފައިވާ ރޭޑިއޯއެކެވެ. ރައީސް ސޯލިހު އިތުރަށް ފާހަގަ ކޮށްލެވި ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި ޕީއެސްއެމްގެ ޗެނަލްތައް ހިންގަވައިގޮތުން އާއްމުން އެކަމާ ކަންބޮޑުވެލައްވައެވެ. އެހެނަސް އެމަނިކުފާނުގެ ސަރުކާރުގައި ޕީއެސްއެމަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ދައުލަތުގެ މީޑިއާގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރިހަމަ ބާރު ދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއީސް ސޯލިހު ވިދާޅުވި ގޮތުގައި، ޕީއެސްއެމްއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އަދި ޕީއެސްއެމްއަކީ ރައްޔިތުންގެ މީޑިއަކަށް ހަދާނެކަމުގެ ޔަގީންކަން އިބޫ ދެއްވިއެވެ.

އެންމެ ފަހު ކަމަކަށް ރައީސް ސޯލިހު ފާހަގަކޮށްލެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިން ލިޔާ އެއްޗެއްގެ ސަބަބުން ނުހައްގުން އެއްވެސް ނޫސްވެރިއަކަށް އަނިޔާއެއް ނުދޭނެ ކަމަށާއި އަދި ނޫސްވެރިންނަށް ބޭނުންވާ މިނިވަންކަން އެމީހުންނަށް ހޯދައިދޭނެ ކަމަށެވެ. އަދި ނޫސްވެރިން ގެނެސްދޭ ހަބަރު ތަކަކީ ސައްހަ އަދި ހަގީގަތާއި އެއްގޮތަށް ގެނެސްދޭ ހަބަރުތަކަކަށް ހެދުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް