ޒުވާނުންގެ ހުނަރު ދައްކާލުމަށް ހަފްތާ ރެސް ރޭގައި ފަށައިފި

ތަފާތު 69 ސްޓޯލާއެކީ ހަފްތަ ރެސް ރޭގައި މާލޭގައި ފަށާފިއެވެ. ހަފްތާ ރެސްއަކީ، ރައީސް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. ރޭގައި ހަފްތ...

29 Dec 2018 | 06:28

ތަފާތު 69 ސްޓޯލާއެކީ ހަފްތަ ރެސް ރޭގައި މާލޭގައި ފަށާފިއެވެ. ހަފްތާ ރެސްއަކީ، ރައީސް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

ރޭގައި ހަފްތާ ރެސް ފަށާފައިވަނީ ސްޓޯލުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއިވެސް އެކީއެވެ. މިގޮތުން ހަފްތާ ރެސްގައި ރޭގަ ބޭއްވި މިއުޒިކު ޝޯގައި ރާއްޖޭގެ މަޝްހޫރު ބޭންޑުތަކުންނާއި ލަވަކިޔުންތެރިންވެސް ވަނީ ބައިވެރި ވެފައެވެ. މީގެ ތެރޭގައި ޝަލަބީ އިބްރާހިމުގެ ހުށައެޅުންތަކާއި، ސުނީތާ އަލީގެ ނެށުމުގެ ހަރަކާތްތައްވެސް ވަނީ ދައްކާލާފައެވެ. ބައެއް ހަރަކާތްތަކުގައި މިނިސްޓަރު މަހުލޫފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަފްތާ ރެސް ހުޅުވައިދެއްވާފައި ވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފެވެ. ހަފްތާ ރެސް ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ، ހަފްތާ ރެސް އަކީ ޒުވާނުންނަށް ލިބޭ ވިޔަފާރީގެ ފުރުސަތެއް ކަމަށާއި، އަދި ހުނަރު ދައްކާލަންވެސް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

ހަފްތާ ރެސް ބަލައިލުމަށް ރައީސް ސޯލިހުވެސް ވަނީ ޒިޔާރަތްކޮށްފައެވެ. ސްޓޯލުތަކަށް ޒިޔާރަތްކޮށް ސްޓޯލުތައް ބައްލަވައިލިއެވެ.

ހަފްތާ ރެސްގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލުމަށްވެސް ސްޓޯލުތަކެއް ބަހައްޓާފައެވެ. ހަފްތާ ރެސްގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަދި އެނަރޖީ ޑްރިންކުފަދަ ތަކެތި ވިއްކުންވެސް މަނަލެވެ.

ހަފްތާ ރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާ ބަންދެއްގައި މާފަންނު ޒުވާނުންގެ މަރުކަޒާއި އަދި ރަސްފަންނުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް