ނަޝީދުގެ ކެމްޕެއިން ފެށުމަށް ސޮލަވާތް ކިޔެވުމުން ފާޑު ކިޔައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑިޕީ މަޖިލީސް ޕްރައިމަރީގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ގޮތުން ސޮލަވާތް ކިޔެވުމުން ދީނީ އިލްމުވެރިން ފާޑު ވިދާޅުވެއްޖެ އެވެ. ދުންދަނޑި ޖަހައިގެން ސޮލަވާތް ކިޔެވުމ...

29 Dec 2018 | 01:30

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑިޕީ މަޖިލީސް ޕްރައިމަރީގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ގޮތުން ސޮލަވާތް ކިޔެވުމުން ދީނީ އިލްމުވެރިން ފާޑު ވިދާޅުވެއްޖެ އެވެ.

ދުންދަނޑި ޖަހައިގެން ސޮލަވާތް ކިޔެވުމަށްފަހު ރަސްމީކޮށް ނަޝީދުގެ ކެމްޕެއިން އޮފީސް ހުޅުވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ނަޝީދު ވާދަކުރައްވަނީ މައްޗަންގޯޅި މެދު ދާއިރާ އަށެވެ. އެ އޮފީސް ހުޅުވާފައިވަނީ މއ. މާޒާ ގޭގައި އެވެ.

އެކަމާ ގުޅިގެން ޝެއިހް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސޮލަވާތް ކިޔެވުމަކީ ބިދުއައެއް ކަމަށެވެ. ބިދުއަކީ ދީނީ ކަންކަމުގެ ގޮތުގައި ފަހުން ތައާރަފުވެ ކުރަމުންދާ ކަންކަން ކަމަށެވެ.

އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ދުންދަނޑި ޖަހައިގެން ސޮލަވާތް ކިޔެވުމަކީ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށެވެ.

https://twitter.com/dr_iyaz/status/1078641541667794945

https://twitter.com/alizaid1000/status/1078647428604059648

އެމްޑީޕީ މަޖިލީސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހުކޮޅު އެވެ. ޕްރައިމަރީގައި 280 ކެންޑިޑޭޓުން ވާދަ ކުރާއިރު އެމްޑީޕީން ވަނީ 86 ގޮނޑިއަށް ވާދަ ކުރާނެ ކަން އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް