ދިއްދޫގައި ވޯޓާ ޕާކެއް ހުޅުވައިފި

ހއ. ދިއްދޫ ފަޅުތެރޭގައި ވޯޓާ ޕާކެއް ހުޅުވައިފި އެވެ. ދިއްދޫ ރަށު ކައުންސިލުން ބުނީ ވޯޓާ ޕާކަކީ ސްވިމިން އެސޯސިއޭޝަނުން އެ ރަށަށް ހަދިޔާ ކުރި އެއްޗެއް ކަމަށެވެ. މޫދު ކުޅިވަރުގެ ގޮތުގައި ކުޅުމަށް މީހުން...

29 Dec 2018 | 00:56

ހއ. ދިއްދޫ ފަޅުތެރޭގައި ވޯޓާ ޕާކެއް ހުޅުވައިފި އެވެ.

ދިއްދޫ ރަށު ކައުންސިލުން ބުނީ ވޯޓާ ޕާކަކީ ސްވިމިން އެސޯސިއޭޝަނުން އެ ރަށަށް ހަދިޔާ ކުރި އެއްޗެއް ކަމަށެވެ. މޫދު ކުޅިވަރުގެ ގޮތުގައި ކުޅުމަށް މީހުން ގަޔާވާދފަދަ ގިނަ ކުޅިވަރުތަކެއް މި ވޯޓާ ޕާކުގައި ހުރެ އެވެ.

އެ ކައުންސިލުން ބުނީ މިހާރު ކުރަމުންދަނީ އެތަނުގެ ހިދުމަތް ހޯދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ހުރި ފިޔަވަޅުތައް އެޅުމަށް ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ލައިފް ގާޑެއް ހޯދަން އިއުލާނު ކުރާނެ ކަމަށާއި ލައިފް ގާޑެއް ހަމަޖެއްސެންދެން އެ ޕާކަށް ދާ ކުޑަކުދިންގެ ރައްކާތެރިކަމަށް ބެލެނިވެރިން ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.

މިފަދަ ވޯޓާ ޕާކެއް މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާޜުން ގދ. ތިނަދޫގައިވެސް ހުޅުވި އެވެ. އެކަމަކު ތިނަދޫން މައުލޫމާތު ދިން މީހަކު ބުނީ ފަހުން އެތަނެއް ބޭނުމެއް ނުކުރެ އެވެ.

ދިއްދޫގައި ހުޅުވި ވޯޓާ ޕާކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި ގިނަ މީހުން ބުނެފައިވަނީ އެ ފަދަ ތަނަކަށް އެންމެ މުހިންމު ވާނީ ލައިފް ގާޑެއްގެ އިތުރުން ފެހި ނުޖަހާނެ ގޮތަކަށް ކުޅިވަރު ކުޅުމަށް ބޭނުން ކުރާ ސާމާނު ބެހެއްޓުމަށް މީހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް