ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހުއްޓާލައިފި

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހުއްޓާލައިފި އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މެދުކަނޑާލީ ކުރީގެ ރައީސް އަބްދު...

29 Dec 2018 | 00:33

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހުއްޓާލައިފި އެވެ.

އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މެދުކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ އުފައްދަން މަސައްކަތް ކުރާ އާ ޕާޓީގެ މަސައްކަތްތަކަށް ވަގުތު ދިނުމުގެ ގޮތުން ކަމަެވެ. އޭނާ ވިދާޅުވީ އާ ޕާޓީއަށް މީހުން ވެއްދުމަށް މުޅި ރާއްޖޭގައި ވަރަށް ބާރަށް ކުރިޔަށް ގެންދަމުން ދާ ކަމަށެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފައްދާ ޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އެވެ. އެޕާޓީ އުފެއްދުމުގެ ހުއްދަދިންތާ 24 ގަޑިއިރު  ތެރޭގައި ވަނީ 3،000 މެންބަރުންގެ ސޮއި ހޯދާފައި އެވެ. އަދި ރެއިން ފެށިގެން ދަނީ ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއަށް ސޮއި ކުރަމުންނެވެ.

ޕީޕީއެމްގެ ހަރަކާތްތައް މެދުކަނޑާލި އިރު އެޕާޓީން ދިޔައީ ސރަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.އެކަމަކު މުޒާހަރަާތަކުގައި ބައިވެރިވަނީ މަދުބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް