އެންމެ ކުޑަ މޯބައިލް ފޯނު އަންނަ އަހަރު ބާޒާރަށް

ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ، ސައިޒުން އެންމެ ކުޑަ މޯބައިލް ފޯނު އަންނަ އަހަރު ބާޒާރަށް ނެރެން، މި ފޯނު އުފެއްދި ކުންފުނިން މަސައްކަތް ފަށައިފި އެވެ. ފޮޓޯއިން ފެންނަ، މި ފޯނު އުފައްދާފައިވަނީ ...

29 Dec 2017 | 13:51

ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ، ސައިޒުން އެންމެ ކުޑަ މޯބައިލް ފޯނު އަންނަ އަހަރު ބާޒާރަށް ނެރެން، މި ފޯނު އުފެއްދި ކުންފުނިން މަސައްކަތް ފަށައިފި އެވެ.

ފޮޓޯއިން ފެންނަ، މި ފޯނު އުފައްދާފައިވަނީ ޒަންކޯ ނަމަކަށް ކިޠާ ކުންފުންޏަކުންނެވެ. އެ ކުންފުނިން މި ފޯނަށް ދީފައިވަނީ ޓައިނީ ޓީ ވަން އެވެ.

މި ފޯނަކީ ޓޫޖީ ނެޓްވޯކް ސަޕޯޓް ކުރާ، އަދި އެންމެ ބޭސިކް ފީޗާ ތަކާއެކު ނެރޭ ފޯނެކެވެ. ފޯނު ކުރެވޭނެ އެވެ. އަދި އެސްއެމްއެސް ކުރެވޭނެ އެވެ.

މި ފޯނުގެ ޑިސްޕްލޭގެ ސައިޒަކީ 0.49 އިންޗި އެވެ. ފޯނަށް ލައްވަނީ ނެނޯ ސިމް އެވެ. ފޯނުގައި 300 ނަމްބަރު ސޭވް ކޮށްލެވޭނެ ކަމަށް މި ފޯނު އުފެއްދި ކުންފުނިން ބުނެ އެވެ.

މި ފޯނުގެ ބަރުދަނަކީ އެންމެ 13 ގްރާމެވެ. ފޯނުގައި 32 މެގަބައިޓްސްގެ ރޭމް އެއް ހިމަނާފައިވާއިރު މެމޮރީ އަކީ 32 އެމްބީ އެވެ. މި ފޯނު ވިއްކަން ނިންމާ އަގަކީ 50 ޑޮލަރެވެ. އަންނަ މެއި މަހުގައި މި ފޯނު ވިއްކަން ފަށާނެ ކަމުގައި ޒަންކޯ ކުންފުނިން ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް