ބާރުގަދަ ގުގުރުމަކާއެކު ލ ފޮނަދޫ ބައެއް ގޭގޭގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ވެއްޖެ

ރޭގެ ފަތިސް ވަގުތެއްގައި ބާރުގަދަ ގުގުރުމަކާއެކު ލ ފޮނަދޫ ބައެއް ގޭގޭގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެ، އެ ރަށު ކޭބަލް ޓީވީގެ ހިދުމަތް މެދުކެނޑިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެމުން ފޮނަދޫން ވާހަކ...

29 Dec 2017 | 13:42

ރޭގެ ފަތިސް ވަގުތެއްގައި ބާރުގަދަ ގުގުރުމަކާއެކު ލ ފޮނަދޫ ބައެއް ގޭގޭގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެ، އެ ރަށު ކޭބަލް ޓީވީގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެމުން ފޮނަދޫން ވާހަކަދެއްކި ބައެއް މީހުން ބުނީ ރޭ ފަތިހު 04:00 އާއި 04:15 އާއި ދެމެދުގެ ވަގުތެއްގައި ވަރަށް ބާރަށް ގުގުރުމުގެ އަޑު އިވުނު ކަމަށާއި ބައެއް ގޭގޭގެ ޓީވީ، ވައިފައި ރައުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު ހަލާކުވި ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

މީގެ އިތުރުން ރޭގެ ގުގުރުމާއެކު އެ ރަށު ކޭބަލްޓީވީގެ ހިދުމަތް މެދުކެނޑިފައިވާއިރު، ކޭބަލްޓީވީގެ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް