ބ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ބ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު ހަވީރު 05:45ގައި ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ އިރ...

29 Dec 2017 | 13:18

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ބ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު ހަވީރު 05:45ގައި ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ އިރުއޮއްސި 06:15 އާއި މިރޭ 11:15 އާއި ދެމެދުގެ ވަގުތުތަކުގައި ބ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ހަމަ އެވަގުތުތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ އެލާޓްގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް