މި ފެށޭ އައު އަހަރު ފާހަގަ ކުރުމަށް ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންގް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފި އެވެ.
އިތުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ މިކަން ރިޕޯޓް ކޮށްފައިވީނަމަވެސް މި ދެ ތަރިން ރާއްޖެ އަންނަ ތާރީހެއް އަދި ތިބޭނެ ރިސޯޓެއްގެ މައުލޫމާތު އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭ މި ދެ ތަރިން ރާއްޖެ އަންނަނީ އެ ދެ ތަރިން އެންމެ ފަހުން ކުޅެފައިވާ ފިލްމު "ޕަދުމަވަތީ" އަށް ކުރިމަތިވެފައިވާ މައްސަލަތަކުން ދުރަށްޖެހިލާ ސިކުނޑި ތާޒާ ކޮށްލުމަށް ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ.
މީގެ ކުރިންވެސް މި ދެ ތަރިން އެކުގައި ރާއްޖެ އައިސްފައި ވެ އެވެ. އެއީ 2014 ވަނަ އަހަރުގައި އެވެ. އަދި ދީޕިކާ ރާއްޖެ އަންނަ މިއީ ތިން ވަނަ ފަހަރެވެ. 2013 އަދި 2014 ގެ އައު އަހަރު ފާހަގަކުރަން ދީޕިކާ ރާއްޖެ އައިސްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް