އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަނާއި އެސްޓީއޯއާއި އެއްބަސް ވުމަކަށް

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަން ( އައ.ޓީ.އެފް.ސީ ) އާއި އެސްޓީއޯ އާ ދެމެދު 100 ( ސަތޭކަ ) މިލިއަން ޔޫއެސް ޑޮލަރުގެ މުރާބަހާ ފައިނޭންސް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ....

28 Dec 2017 | 19:30

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަން ( އައ.ޓީ.އެފް.ސީ ) އާއި އެސްޓީއޯ އާ ދެމެދު 100 ( ސަތޭކަ ) މިލިއަން ޔޫއެސް ޑޮލަރުގެ މުރާބަހާ ފައިނޭންސް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާގޮތުގައި މި އެއްބަސްވުމުގެ ދަށުން، އެސްޓީއޯއިން އިމްޕޯރޓް ކުރާ ތެލުގެ ބާވަތްތަކަށް އެއްއަހަރު ދުވަހުގެ މުއްދަތައް އައިޓީއެފްސީ އިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވެއެވެ.

އައިޓީއެފްސީގެ މައިގަނޑު މަގުސަދަކީ އޯ.އައި.ސީ މެމްބަރ ގައުމު ތަކުގެ ދެމެދުގައި އޮންނަ ވިޔަފާރި ގުޅުން ރަގަޅުކޮށް، އެގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދިނުން ކަމަށާއި، އޯއައިސީ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަކީ ވެސް މެދުކެނޑުމެއްނެތި އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީތެރިކަން ލިބެމުންދާ ގައުމެއް ކަމުގައި އެސްޓީއޯއިން ހާމަކުރެ އެވެ.

އެގޮތުން އައިޓީއެފްސީ ގެ މަސައްކަތް ފަށައިގެން މިހާތަނަށް އައިއިރު މީގެ ކުރިންވެސް އެސްޓީއޯއަށް އެ ކޯޕަރޭޝަނުން މިފަދަ ފެސިލިޓީސް މެދުވެރިކޮށް ފައިނޭންސް ހަމަޖައްސަވައި ދެއްވާފައި ވާކަމުގައިވެސް އެސްޓީއޯ އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް