އައްޑޫގައި ފުލުހުން ހިންގި ހާއްސަ އޮޕްރޭޝަނެއްގައި ބަނގުރާ ކައްކަމުން ދިޔަ ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބަނގުރާ ކައްކަމުން ދަނިކޮށް ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާ ދެ ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން ހަތަރު ދިވެހިން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށާއި އަދި ބިދޭސީ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިމަހު 27 ވަނަ ދުވަހުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އެ އޮޕަރޭޝަންގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމަކާއި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަ ހަމާއި 500 އެމްއެލްގެ ހަ ފުޅި ފެނިފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ހިތަދޫ ފަޅު ގެއެއްގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރު ހަމެއްވެސް ފެނިފައި ވާކަމަށާއި އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައްވެސް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް