ތިމަރަފުށީ ލޯންޗުގައި އަލިފާން ރޯވެ އަނދަނީ --
ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގެ އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.
ފުލުހުން ބުނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި ބިދޭސީ ފިރިހެނަކު ފިހިފައިވާ ކަމަށެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
ސޯޝަލް މީޑީއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޅި ލޯންޗުގައި ވަނީ އަލިފާން ރޯވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް