ޖަލުން މިނިވަން ވުމުން ރާއްޖެ ނާދެވޭ ގޮތަށް އަލަމްގީރު ޑީޕޯޓު ކޮށްލައިފި

29 Nov 2026 | 16:50
އަލަމްގީފރު --

އަލަމްގީފރު --

ދިވެހި ފިރިހެނުންތަކަކާއި އެކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯކުރި މައްސަލައިގަ ހުކުމް ތަންފީޒުކޮށް ޖަލަށް ލައިފަ ހުރި ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ އަލަމްގީރު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފި އެވެ.

އެ މައްސަލައިގަ އޭނާ އާއި ދެކޮޅަށް އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ ދައުލަތުން ކުރި އެވެ. އެ ދައުވާތަކަށް އޭނާ އެއްބަސްވުމުން އޭނާގެ މައްޗަށް ހުކުމްކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ. 

Advertisement

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އެ އިދާރާ އާއި ހަވާލު ކުރީ ކަރެކްޝަންސްއިން ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ނާދެވޭ ގޮތަށް އަލަމްގީރު ޑީޕޯޓުކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާއާ އެކު ގުޅުން ހިންގި މައްސަލާގައި އިތުރު އެހެން ބައެއްގެ މައްޗަށް ވެސް ޖަލު ހުކުމް އިއްވާފައިވެ އެވެ. 

އެ ދުވަސްވަރު އާންމުވި ވީޑިއޯތަކުގައި ސިޔާސީ ފަރާތްތަކެއްވެސް ހިމެނޭ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް