ފިލްމު ޕަރީގައި ޤުރުއާނުގެ އާޔަތަކަށް އަކުރެއް އިތުރު ކުރެވިފައިވާތީ ސީޒަން މައާފަށް އެދެފި

29 Nov 2026 | 17:12
އަލީ ސީޒަން --

އަލީ ސީޒަން --

ދިވެހި ފިލްމު "ޕަރީ" ގައި ގެނެސްދީފައިވާ ކީރިތި ޤުރުއާން ކިޔަވާ ބައިތަކަށް އަޑު އެޅުމުގެ ތެރޭގައި ހެދިފައިވާ ގޯހަކަށް އެ ފިލްމު އުފެއްދި ކުންފުނި ސީޒަނަލް މޫވީސް އިން އާންމުންގެ ކިބައިން މައާފަށް އެދެފި އެވެ.

އެ ކުންފުނީގެ ފަރާތުން ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ސޯޝަލް މީޑިއާގައި ބުނީ ޕަރީގައި ގެނެސްދީފައިވާ ޤުރުއާނުގެ އާޔަތެއް ޑަބް ކުރުމުގެ ތެރޭގައި އަކުރެއް އިތުރު ކުރެވިފައިވާ ކަމަށެވެ. އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް ސީޒަން ބުނެފައިވެ އެވެ.

Advertisement

އޭނާ ބުނީ އެކަން އެ ފަރާތުގެ ސަމާލު ކަމަށް ގެނައީ އާންމު މީހެއް ކަމަށާއި މިހާރު އެ ކުށް އިސްލާހު ކުރަން ސެންސަރު ބޯޑުންވެސް އިލްތިމާސްކޮށްފައިވާ ކަމަށް ބުންޏެވެ. އެކަން ހިނގީ ވަރަށް ދެރަކޮށް ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ ފިލްމު މިހާރު ސްޓްރީމް ކުރަމުންދަނީ މީޑީއާ ނެޓްގެ ވީޑިއޯ ކްލަބުންނެވެ. ސީޒަން ބުނީ ވީހާވެސް އަވަހަށް ފިލްމު ނަގައި ދިނުމަށް މީޑިއާ ނެޓުގައި އެދިފައިވާނެ ކަމަށެވެ. އަދި އާންމުންނަށް އެ ފިލްމު ފެންނާނެ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށާއި ދެން ފެންނާނީ އެ ކުށް އިސްލާހު ކުރުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.

ބިރުވެރި ކަންތައްތަކެއް ފެނިގެންދާ ފިލްމު ޕަރީއަކީ އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބުނު ފިލްމެކެވެ. އެ ފިލްމު ރިލީޒް ކުރީ މިއަހަރުގެ ޖެނުއަރީ ހަތެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް